
ފެރީ ސްޓޮޕްތައް ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކާ ޙަވާލުކުރެވޭނެ: އާދަމް ޝަރީފު
# އާދަމް ޝަރީފް އުމަރު--
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ 21 ފެރީ ސްޓޮޕް ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކާ ޙަވާލުކުރެވޭނެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފެރީ ސްޕޮޓްތައް ވުޒާރާއާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ގޮތުން އިޖުރާއަތްތައް ފުރިހަމަކޮށް އެޓަރނީ ޖެނެރަލް އޮފީހުގެ ބަހެއް ހޯދުމަށް ފަހު އެގްރީމެންޓުގައި ސޮއިކޮށް ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކާ ފެރީ ސްޕޮޓްތައް ޙަވާލުކުރެވިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ފަދަ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރާ މަސައްކަތަށް އިތުރުވި މުހިންމު ވަޞީލަތެއްގެ ގޮތުގައެވެ.
މިއަދު ވިލާ ކޮލެޖުގެ ހޯލުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، ދެ ވުޒާރާގެ ސިވިލް އަދި ސިޔާސީ ވެރިންނާއި، ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ - އާދަމް ޝަރީފް

ހިރިމަރަދޫ ރައްޔިތުން، ހަނިމާދޫއަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކަށް ވަޒީރު އާދަމް ޝަރީފް ހއ ގައި!
-1740644342978.webp&w=3840&q=75)
މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް އެކުލަވާލަނީ
