logoEN
Sto top
ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ނެރެފި

ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ނެރެފި

އަހުމަދު ޝުރާއު

logo

2/25/2025, 4:25:21 PM

# ހެލްތު މިނިސްޓްރީ

--

ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ނެރެފިއެވެ.

Wamco

މި ގައިޑްލައިން ނެރެދެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އަދި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް މިސް. ޕޭޑެން އެވެ.

މި ދެ ގަޢިޑްލައިނަކީ އިމަރޖެންސީ މެޑިކަލް ސަރވިސަސް ޕްރޮޓޮކޯލް އަދި މާސް ކެޝުއަލްޓީ މެނޭޖްމަންޓް ގައިޑްލައިނެވެ.

މި ގައިޑް ލައިންގައި ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ އިމަރޖެންސީ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނޭއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ޞިއްޙީ ހިދުމަތެރިން އަމަކުރާނެ ގޮތުގެ މައުލޫމާތު ހިމެއެވެ.

މި ގައިޑްލައިން ނެރެދެއްވުމަށް ފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައ ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހަރުދަނާ ނިޒާމެއް ޤާއިމްވެފައިވާނަމަ ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެކަމަށެވެ.

ޞިއްޙަތަށް ކުރާ އަސަރުތައް ބެލެހެއްޓުމަށްޓަކައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ޕްލޭން (އެންއީއޯޕީ) އަދި ހެލްތު އިމަރޖެންސީ އޮޕަރޭޝަނަލް ޕްލޭން (އެޗްއީއޯޕީ) ތަޢާރަފުކުރުވިފައިވީ ނަމަވެސް، މާސް ކެޝުއަލްޓީ އިންސިޑެންޓް (އެމްސީއައި) ތަކަށް ރޭވިފައިވާ ޕްލޭނެއް ނެތެވެ. މި ގައިޑްލައިން އިން އެމް. ސީ. އައި ތަކަށް ޚިދުމަތް ދިނުމަށް ފުރިހަމަ ޢަމަލީ ޕްލޭނެއް ޤާއިމުކުރެވިގެންދާނެއެވެ. އަދި ގައިޑްލައިންތައް ތަންފީޒުކުރުމުން އަޅުގަނޑުމެންގެ އިޖާބަ ރަނގަޅުވެ، ފުރާނަތައް ސަލާމަތްކުރެވި، އަދި ގެއްލުން ކުޑަކުރެވޭނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside