
ކުޑަހުވަދޫގައި ބީއެމްއެލްގެ އައު އިމާރާތުގެ ބިންގާ އެޅުންގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ދ. ކުޑަހުވަދޫގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ކުޑަހުވަދޫއަށް ވަޑައިގެންނެވީ ދ އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ރަށެއްގެ ގޮތުގަ އެވެ.
ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އަދި ބީއެމްއެލްގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ކުޑަހުވަދޫގައި މިހާރު ވެސް ބެންކުގެ ހިދުމަތް ދެމުން ގެންދެ އެވެ. މިއީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިމާރާތްކުރެވޭ ތަނެކެވެ. ކުޑަހުވަދޫގައި މިއަދު ސެލްފް ސާވިސް އިތުރު އޭޓީއެމެއްގެ ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ހިދުމަތް ފެށުމަށް ނިންމަވާފަ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތަކުން ވަކި އަދަދެއް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހޭދަކުރަނީ

ހިޔާވެހި ފައިނޭންސް ލޯނުތައް ދޫކުރުމަށް ބީއެމްއެލްއާއިއެކު ސޮއިކޮށްފި

ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސް އަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެ
