logoEN
Sto top
ޙައްޖުގެ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން - ޝަހީމް

ޙައްޖުގެ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން - ޝަހީމް

އަހުމަދު ޝުރާއު

logo

2/16/2025, 8:05:23 AM

# ރައީސް އޮފީސް# އިސްލާމިކް މިނިސްޓްރީ

--

ދިވެހިރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ދައްކަމުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، މި ދައުރުގެ ތެރޭގައި އަގު ކުޑަކުރެވޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ޝަހީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ 4 ވަނަ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

"އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޙައްޖުގެ އަގު ތިރިކުރުމަށް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ހާއްސަ ތަސައްވުރެއް އެކުލަވާލައިގެން ކުރިއަށް ގެންދަމުންދާ ކަމަށާއި، މި ދައުރުގެ ތެރޭޣައި ޙައްޖުގެ އަގު ކުޑަކުރެވިގެންދާނެކަމަށެވެ.

ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ ކަންކަން ހަރުދަނާކޮށް ދައުލަތުގެ ޙައްޖު ކުންފުންޏަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށާއި، ދިވެހިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside