logoEN
Sto top
ދުންފަތާ ދުރުހެލިވުމަށް ޒުވާނުން ސަމާލުކަން ދެއްވުމަށް ވަޒީރު އާދަމް ޝަރީފު އިލްތިމާސް ކުރައްވައިފި

ދުންފަތާ ދުރުހެލިވުމަށް ޒުވާނުން ސަމާލުކަން ދެއްވުމަށް ވަޒީރު އާދަމް ޝަރީފު އިލްތިމާސް ކުރައްވައިފި

އަހުމަދު ޝުރާއު

logo

2/14/2025, 10:02:19 AM

# އާދަމް ޝަރީފް އުމަރު

--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ދުންފަތާ ދުރުހެލިވުމަށް ހުރިހައި ޒުވާނުން ސަމާލުކަން ދެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.

Wamco

ވަޒީރު އާދަމް ޝަރީފު ޢުމަރު މި ގޮތަށް އިލްތިމާސް ކުރެއްވީ ހއ. ދިއްދޫ ކައުންސިލާއި، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވޮލީ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކުޅިވަރާއި، ކަސްރަތުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ޚާއްޞަކޮށް ބޮޑެތި ބަލިތަކުން ދުރުހެލިވުމަށް ޓަކައި ކުޅިވަރާއި، ކަސްރަތުކުރުމަކީ ޞިއްޙީ މާހިރުން ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށް މި ފަދަ މުބާރާތެއް ދިއްދޫގެ ޒުވާނުންނަށް ބާއްވާތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، އެ ދެ ފަރާތަށް، ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

މި މުބާރާތް ފެށުމަށް މި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސާއި، ދިއްދޫ ކައުންސިލްގެ ރައީސާއި، ދިއްދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެމެންބަރުންނާއި، ދިއްދޫގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside