logoEN
WAMCO TOP 1
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

2/12/2025, 3:23:23 PM

# މާފުށި ޖަލު

--

މާފުށީ ޖަލުގައި މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

THE TRAVELLER AD

މޯލްޑިވްސް ކަތެކްޝަނަލް ސާވިސްއިން މިއަދު ބުނީ މާފުށީ ޖަލުގައި މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) މިއަދު މަރުވެއްޖެ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އަދި ޑޮކްޓަރުާއިރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވެފައިވާ ކަނޑައަޅާފައި ވަނީ 17:20 ހާއިރުގައި ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މަރުވި މީހާއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށްވެސް ކަރެކްޝަންސްއިން ވަނީ އަންގާފައި އެވެ.

އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވުމާއި ގުޅިގެން ކަރެކްޝަންސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްެރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައެވެ.

ކޮމެންޓް
ފަހުގެ
HDC