logoEN
Sto top
މިއަހަރު ރަމަޟާންމަހު ޢުމްރާއަށް ދާ އުމްރާވެރިންގެ ބީއެމްއެލް ޑެބިޓް ކާޑަށް 1750 ޑޮލަރުގެ ލިމެޓެއް ދެނީ

މިއަހަރު ރަމަޟާންމަހު ޢުމްރާއަށް ދާ އުމްރާވެރިންގެ ބީއެމްއެލް ޑެބިޓް ކާޑަށް 1750 ޑޮލަރުގެ ލިމެޓެއް ދެނީ

އަހުމަދު ޝުރާއު

logo

2/10/2025, 8:29:43 AM

# ރައީސް މުއިއްޒު

--

މިއަހަރު ރަމަޟާންމަހު ޢުމްރާއަށް ދާ އުމްރާވެރިންގެ ބީއެމްއެލް ޑެބިޓް ކާޑަށް 1750 ޑޮލަރުގެ ލިމެޓެއް ހަމަޖައްސަން ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި MMA އަށް ދަންނަވާފައިވާ ކަމަށެވެ.

View post on Twitter

ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ. އެހެން ކަމުން މި ބަދަލާއި އެކު 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބީއެމްއެލް ޑެބިޓް ކާޑަށް، 1750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ ޑޮލަރެއް 15.42 ރުފިޔާއަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް އެކި އިނާޔާތްތައް ދަނީ ދެމުންނެވެ. އެގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ފާހަގަކޮށްލެވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside