logoEN
Sto top
އޯޖީޕީގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ލިބޭނެ!

އޯޖީޕީގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ލިބޭނެ!

އަހުމަދު ޝުރާއު

logo

2/9/2025, 8:50:31 AM

# އާދަމް ޝަރީފް އުމަރު

--

އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕްގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ހޯދަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން، ހޯދުމުގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމަށް، ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ ޕިލިޕީންސްގައި ހުންނަވައި، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް ވަޒީރު ދެއްވި އިންޓަރވިއުގައި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް، އޯޖީޕީގެ މެންބަރު ޤައުމަކަށް ރާއްޖެވުމުން، ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތައް ތަންފީޒުކުރުމުގެ މަރުޙަލާގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން މައްސަލަތައް ޙައްލުކޮށް ނަޒާހަތްތެރިކަން ކަށަވަރުކޮށް، ހެޔޮވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށް މި އިންޓަރވިއުގައި ވަޒީރު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާ ކަން ހާމަކުރައްވާފައި ވަނީ ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިކަން ލިބިގެން ދާނެއެވެ.

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ)ގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން މި ވުޒާރާގެ ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside