
މިއަދު ބޭއްވި އިންތިހާބުގައި ކާމިޔާބު ހޯދި ޕީއެންސީގެ މެންބަރުންނަށް ރައީސް މަރުހަބާ ވިދާލުވެއްޖެ
# ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އިންތިޚާބު ކާމިޔާބު ކުރި މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށާއި ވޯޓުލީ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައިވަނީ މިއަދު ބޭއްވި ބައި އިލެކްޝަންގެ ގޮނޑިތައް ޕީއެންސީން ލިބުނުގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މިއަދު ބޭއްވި ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބު ކުރި 9 ގޮނޑިއާއެކު ޕީއެންސީއަށް ޖުމްލަ 33 ގޮނޑި ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދު ބޭއްވި ބައި އިލެކްޝަންގައި އަތޮޅު ކައުންސިލް ރައީސް ކަމުގެ އެއް ގޮނޑީގެ އިތުރުން ރަށު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑިއާއި ރަށު ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ރައްޔިތުންނަށް އެމަނިކުފާނުވަނީ ޝުކުރުއަދާކުރައްވާފައެވެ.