logoEN
Sto top
ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަން ރިޔާސަތު ބެއްލެހެއްޓުން ރާއްޖެއަށް

ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަން ރިޔާސަތު ބެއްލެހެއްޓުން ރާއްޖެއަށް

އަހުމަދު ޝުރާއު

logo

2/5/2025, 6:44:32 AM

# ހެލްތު މިނިސްޓްރީ

--

މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުގައި އަދި ވައިސް ޗެއާގެ ހައިސިއްޔަތުން ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަން ގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.

Wamco

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީއަކީ 34 ޤައުމެއްގެ ޞިއްޙީ ދާއިރާގެ އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވާ، ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި މުހިއްމު ބޮޑެތި ނިންމުންތައް ނިންމާ، އެ ޖަމްޢިއްޔާގެ ހިންގުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅާ ބޯޑެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގެ ހަވާސާގައި ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބައެއް ޤައުމުތަކާއި އެކު ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ބްރޫނާއީގެ މިނިސްޓަރު އޮފް ހެލްތު ޑރ.ހާޖީ މުހައްމަދު އިޝާމް އާއި ބައްދަލުކުރައްވާ ޞިއްޙީ ދާއިރާއިން އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރ އިއްޔެ ވަނީ ދެކުނު ކޮރެއާގެ ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ދެކުނު ކޮރެއާއިން ތަމްރީނު ދިނުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓައިޒްކުރުމަށްޓަކައި، ޑިޖިޓަލް ޙައްލުތައް ތަންފީޒުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside