
ފިލިޕީންސް ދަތުރުގެ އަމާޒަކީ މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން: ވަޒީރު
# އާދަމް ޝަރީފް އުމަރު--
ފިލިޕީންސްއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެންމެ ބޮޑު އަމާޒަކީ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފިލިޕިންސްގެ ވެރިރަށް މެނީލާއަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައެވެ.
"މި ދަތުރުގެ އެންމެ ބޮޑު ފޯކަސްއަކަށް ހަދަން ޤަސްތުކުރަނީ ދިވެހިރާއްޖޭގެ ކައުންސިލްތަކުގަ. ކައުންސިލްތަކުން ނިންމާ ނިންމުންތަކުގަ. މުޖުތަމަޢުގެ ބައިވެރިވުން ނުވަތަ ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުން" ވަޒީރު ވިދާޅުވިއެވެ.
ޔޫއެންޑީޕީގެ ޚާއްޞަ އެހީތެރިކަމާއެކު، އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވެއެވެ.
ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، ވުޒާރާގެ ލޯކަލް ގަވަރމަންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ - އާދަމް ޝަރީފް

ހިރިމަރަދޫ ރައްޔިތުން، ހަނިމާދޫއަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކަށް ވަޒީރު އާދަމް ޝަރީފް ހއ ގައި!
-1740644342978.webp&w=3840&q=75)
މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް އެކުލަވާލަނީ
