logoEN
Sto top
ސައުދީން ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދުގައި ބަހަން ކަނޑައެޅި އަދަދު ބަހާ ހުސްވެއްޖެ

ސައުދީން ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދުގައި ބަހަން ކަނޑައެޅި އަދަދު ބަހާ ހުސްވެއްޖެ

އަހުމަދު ޝުރާއު

logo

2/3/2025, 4:06:29 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ސައުދީން ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދުގައި ބަހަން ކަނޑައެޅި އަދަދު ބަހާ ހުސްވެއްޖެ އެވެ.

Wamco

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިރޭ ކުރި އިއުލާނެއްގައި ބުނީ 1446 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ 50 ޓަނު ( 25,000 ޕެކެޓު ) ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބަހަން ކަނޑައެޅުނު އަދަދު ބަހާ ހުސްވެފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކިހާ އަދަދެއްގެ ކަދުރެއް ކަމެއް އެވުޒާޜާއިން ހާމައެއް ނުކުރެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ސައުދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރައްޔިތުންނަށް ބަހަން ފެށީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ކަދުރު ބެހުން މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަތޮޅުތެރޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހަމުންދަނީ މީހުން ދިރިއުޅޭ ގޭގެއަށް، ކަދުރު ބަލައި ގަންނަން އަންނަ ތަރުތީބުން، ކޮންމެ ގެއަކަށް އެއް ޕެކެޓެވެ. މި ފަހަރު ރާއްޖެއަށް ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓެވެ. ކަދުރު ހަވާލުކުރާނީ ގޭގެ ކަރަންޓު މީޓަރު ނަންބަރާއި ކަދުރު ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ބެލުމަށްފަހުގައެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށްވެސް ކަދުރު ދޫކުރުމަށް ނިންމާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside