
ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ އެކޮމަޑޭޝަން ބްލޮކެއް ރެއިޑްކޮށް 7 ބިދޭސީއަކު ހައްޔަރަށް!
# ބިދޭސީން# މޯލްޑިވްސް އިމިގްރޭޝަން--
މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކެއް ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިއަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެތަނުގައި ސައްހަ ވިސާއެއްނެތި ޤަވާއިދާ ހިލާފަށް އުޅެމުންދިއަ 07 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަންވެސް ވަނީ ހާމަކޮށްފައި އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށްވެސް 1000އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ގުޅުންހުރި

އިއްޔެ ބޭއްވި އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 670 ބައިވެރިން ހާޒިރުވި!

އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް ބާއްވާ ވޯކް އިން އިންޓަވިއު މާދަމާ!

އިމިގްރޭޝަނުގައި 70 ވަޒީފާގެ ފުރުސަތު: ވޯކް އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި!
.webp&w=3840&q=75)




