
ދިރިއުޅުމުގެ ފަސޭހަޔަށް ޓަކައި ހަދާ ބަނދަރުތަކާއި މަގުތަކުގެ ސަބަބުން ތިމާވެއްޓާ ރަށްޓެހި މާހައުލު މިހާރު ނެތް!
# އާދަމް ޝަރީފް އުމަރު--
ދިރިއުޅުމުގެ ފަސޭހަޔަށް ޓަކައި ހަދާ ބަނދަރުތަކާއި، މަގުތަކުގެ ސަބަބުން ޤުދުރަތީ ގޮތުން ރަށްރަށް އުފެދިފައި އޮތް ތިމާވެއްޓާ ރަށްޓެހި މާހައުލު މިހާރު އެ ގޮތުގައި ނެތް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" އިފްތިތާޙުކުރުމަށް މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
”ދިރިއުޅުމުގެ ފަސޭހަޔަށް ޓަކައި ހަދާ ބަނދަރުތަކާއި މަގުތަކުގެ ސަބަބުން ޤުދުރަތީ ގޮތުން ރަށްރަށް އުފެދިފައި އޮތް ތިމާވެއްޓާ ރަށްޓެހި މާހައުލު މިހާރު އެ ގޮތުގައި ނެތް. ރަށްރަށް ތަރައްޤީ ކުރުމުގައި ޤުދުރަތީ ގޮތުން އުފެދިފައި އޮތް އޮތުން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުން މުހިންމު. އެހެންކަމުން ހެޕިނެސް އިންޑެކްސް މިންކުރުމުގެ ޙާލަތު ދެނެގަތުމުގައި ތަބީޢީ ގޮތުން ރަށްރަށުގެ ޙާލަތު އޮތް ގޮތުގެ މައްޗަށް ރިޢާޔަތް ކުރެވެން ޖެހޭނެ" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކުރެއްވި މި ރަސްމިއްޔާތުގައި ހެޕިނަސް އިންޑެކްސް ލޯގޯއާއި، ލަވަ ވެސް ވަނީ ލޯންޗްކޮށްފައެވެ. މިއަދު ލޯންޗްކުރެވުނު ހެޕިނަސް އިންޑެކްސްގެ ރިސާޗް ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއެވެ. ބްރޯޑްކާސްޓިންގ ޕާޓްނަރަކީ ޕީއެސްއެމެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ. ޑިޖިޓަލް ޕާޓްނަރަކިީ ދިރާގެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ނައުޝަމް ވަޙީދެވެ. ޓެކްނިކަލް ޕާޓްނަރަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއެވެ. އިންޓަރނޭޝަނަލް ޕާޓްނަރަކީ ޔޫއެންއެފްޕީއޭއާއި، ޔުނިސެފެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވަޒީރު އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރައްވަމުން އަންނަ މަސައްކަތެކެވެ.
ގުޅުންހުރި

ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ - އާދަމް ޝަރީފް

ހިރިމަރަދޫ ރައްޔިތުން، ހަނިމާދޫއަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކަށް ވަޒީރު އާދަމް ޝަރީފް ހއ ގައި!
-1740644342978.webp&w=3840&q=75)
މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް އެކުލަވާލަނީ
