logoEN
Sto top
ބީއެމްލެއްގެ ރޯދަ ޕްރޮމޯޝަން މިއަހަރު ރެޑްވޭވްއާއި އެކު!

ބީއެމްލެއްގެ ރޯދަ ޕްރޮމޯޝަން މިއަހަރު ރެޑްވޭވްއާއި އެކު!

އަހުމަދު ޝުރާއު

logo

2/2/2025, 11:02:47 AM

# ބީއެމްއެލް

--

ރެޑްވޭވް އިން ބޭންކް އިފް މޯލްޑިވްސްއާއެކު ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Wamco

"ރަން ފުރުސަތު" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައި އެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ފެބުރުވަރީ މަހު ބީއެމްއެލް ކާޑުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި 1 މާރިޗު އިން ފެށިގެން 7 އޭޕްރީލް ގެ ނިޔަލަށް ރެޑްވޭވް އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside