logoEN
Sto top
ފިއްލަދޫއަކީ ތަރައްޤީގެ ފުރުޞަތު ބޮޑު ރަށެއް - ރައީސް

ފިއްލަދޫއަކީ ތަރައްޤީގެ ފުރުޞަތު ބޮޑު ރަށެއް - ރައީސް

އަހުމަދު ޝުރާއު

logo

1/28/2025, 11:29:44 AM

# ހއ. ފިއްލަދޫ

--

ފިއްލަދޫއަކީ ބިން ބޮޑު އަދި ސަރަހައްދީ ގޮތުންވެސް ގިނަ ބަޔަކަށް ފައިދާތަކެއް ލިބޭނެފަދަ ސަރަހައްދެއްގައި އޮތް ރަށެއްކަން ފާހަގަކުރައްވައި، އެރަށަކީ ތަރައްޤީގެ ފުރުޞަތު ވަރަށް ބޮޑު ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވާފައެވެ. މިގޮތުން މި ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށްވެސް މުހިންމު ރަށެއްގެގޮތުގައި އެމަނިކުފާނު ފިއްލަދޫ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމުގައި ވިދާޅުވެ މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ކުރިއަށްދިޔަ "މަގޭ ސޯލަރ" ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside