
--
މާލޭގައި ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ތަންތަނުގައި ހަމަނުޖެހުން ހިންގާތީ އެތަންތަން މޮނީޓަރކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފި އެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭތީ، އިއްޔެ އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެ ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައިވާ ކަމަށެވެ.
އަދި އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަން އިމިގްރޭޭޝަނުން ބުނެއެވެ.
އަދި މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްަސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމަސްވެސް ވަނީ ބުނެފައި އެވެ.
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުކުރު ދުވަސްތަކުގައި ހަމަނުޖެހުންތައް ބޮޑުވެ މާރާމާރީ ހިންގާ މައްސަލަތައް ފާއިތުވި ދެ މަހުގެ ތެރޭގައި ވަނީ އިތުރުވެފައި އެވެ. އެގޮތުން ބައެއް ބިދޭސީންވެސް ވަނީ މި ފަދަ މައްސަލަތަކުގައި ޑީޕޯޓުވެސް ކޮށްފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
ވިލިމާލެ ފެރީ ޓަރމިނަލް އާއި ސޯޝަލް ސެންޓަރު ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހައްޔަރަށް!
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!

ބިދޭސީންގެ ބައޯމެޓްރިކްސް ނެގުން ރެހެންދި ސްކޫލް ހޯލްގައި!
.webp&w=3840&q=75)