logoEN
Sto top
ކުރިން ބަލާފާސްކުރި ތަންތަން އަލުން ފާސްކުރަނީ : އަދި މިހާތަނަށް  ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ފާހަގަނުވޭ!

ކުރިން ބަލާފާސްކުރި ތަންތަން އަލުން ފާސްކުރަނީ : އަދި މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ފާހަގަނުވޭ!

އަހުމަދު ޝުރާއު

logo

1/24/2025, 10:12:27 AM

# ބިދޭސީން

--

އިމިގްރޭޝަނުން މިދިޔަ އަހަރު މުޅި ރާއްޖޭގައި ފެށި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގައި ކުރިން ފާސްކޮށްފައިވާ ތަންތަން އަލުން ފާސްކުރަން ފަށައިފި އެވެ.

Wamco

އިމިގްރޭޝަނުން ބުނީ ޓާސްކުފޯހުން މިދިއަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްހަ ވިސާއަކާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި ކަމަށެވެ.

މިގޮތުން ބުދަ ދުވަހު ފެށި މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނެތްކަން ވަނީ ފާހަގަކުރެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

View post on Twitter

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމަޢު ރައްކާތެރިކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

އިމިގްރޭޝަންގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު، ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާއި ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside