
--
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށްް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފި އެވެ.

މި އޮޕަރޭޝަންގެ މާލެ ސަރަހައްދުގެ ހަރަކާތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާހިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވި، މާލޭގައި ކުރެވުނު މަސައްކަތުން 1،455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން، އަދި ފޭޝަލް ރިކޮގްނިޝަން އަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާ ބޭސް އަދާހަމަ ކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ގައުމާއި މުހާތަބު ކުރެއްވިއިރު، މި އޮަޕަރޭޝަންގައި ވާނީ 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުނު ވާހަކަ އިއުލާން ކުރައްވާފައިވާކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ ފާއިތުވި ދެ މަސް ތެރޭގައި އިތުރު 15،000 އަށްވުރެ ގިނަ ބިދެސީންގެ މައުލޫމާތު ނެގި މުޅި އޮޕަރޭޝަންގައި 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނެގިފައިވާ ކަމަށެވެ.
"ރަައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ﷲގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި،". އިހްސާނުގެ ޕޯސްޓުގައި ލިޔުއްވި އެވެ.
އިހްސާން ވަނީ މި މަސައްކަތުގައި އެ މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމެންޓް އިމިގްރޭޝަން، ފުލުހުން އަދި ހޯމް ސެކްޓަރ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކުރަައްވާ ޝުކުރު ދަންނަވާފައެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފުރަތަމަ މަރުހަލާ ނިމުމަށް ފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވައިލާނެ އެވެ.
"ކުރަނގިި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ ޖޫން 2 ގަ އެވެ.
ގުޅުންހުރި
.webp&w=3840&q=75)
ވިލިމާލެ ފެރީ ޓަރމިނަލް އާއި ސޯޝަލް ސެންޓަރު ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހައްޔަރަށް!
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!

ބިދޭސީންގެ ބައޯމެޓްރިކްސް ނެގުން ރެހެންދި ސްކޫލް ހޯލްގައި!
.webp&w=3840&q=75)