
--
އެންވަރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހިމް ޔޫއޭއީއަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ތޯރިގް ޔޫއޭއީއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އެންވަރަމެންޓު މިނިސްޓްރީން ބުނީ މިނިސްޓަރު ތޯރިގުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ އަބޫދާބީގައި ބާއްވާ އިންޓަނޭޝަނަލް ރިނުއަބަލް އެނާޖީ އޭޖެންސީގެ 15 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އިންޓަނޭޝަނަލް ރިނުއަބަލް އެނާޖީ އޭޖެންސީގެ 15 ވަނަ އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެސެމްބްލީ މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ "އެކްސެލެރޭޓިން ދަ ރިނިއުބަލް އެނާޖީ ޓްރާންސިޝަން - ދަ ވޭ ފޯވާޑް" (އެނާޖީ ސެކިއުރިޓީ، ސޯޝިއޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސިން އޮޕްޝަންސް) މި ޝިއާރުގެ މައްޗަށެވެ.
މި އެސެމްބްލީ ސެޝަންގައި ދުނިޔޭގެ ލީޑަރުންނާއި ހަކަތައިގެ ނިންމުންތައް ނިންމާ ފަރާތްތައް އެއްވެ، ކުރިއެރުންތައް ދެނެގަނެ، ޔޫއޭއީގެ އިއްތިފާގާއި 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ އާއި ޕެރިސް އެގްރީމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ދުނިޔޭގެ އިއާދަކުރަނިވި ހަކަތަ އިގެ ޓްރާންސިޝަން ހަލުވިކުރުމަށް ކުރެވިދާނެ މަސައްކަތްތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ބާއްވައިފި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

ޕްލާސްޓިކް މަދުކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާއަކަށް ރާއްޖެއިން ތާއީދުކޮށްފި
