
--
ސަފާރީއަކުން މޫދަށް ވެއްޓުނު މީހާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

އދ. އަތޮޅުގެ ރިސޯޓެއް ކައިރީ އޮތް ސަފާރީއަކުން މޫދަށް ވެއްޓިގެން ހޯދަމުން ދިޔައީ ނ. ހޮޅުދޫއަށް ނިސްބަތްވާ އަލީ އަރުޝަދެވެ.
އެގޮތުން ދާދި ދެންމެ އަކު މީޑިއާތަކަށް ސިފައިން ފޮނުވި މެސެޖެއްގައި ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ޑައިވަރުންނަށް އަރުޝަދުގެ ހަށިގަނޑު ފެނުނީ ކަނޑުގެ 69 މީޓަރު އަޑިން ކަމަށާއި އޭނާގެ ހަށިގަނޑު މިއަދު ހަވީރު 3:35 ހާއިރު ލޯންޗަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ރޭގެ ވަގުތެއްގައި "ނޯތު 7" ނަމަކަށް ކިޔާ ސަފާރީގެ ޑެކްމަތީ ހުއްޓާ ވެއްޓި އުޅަނދުގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓޭ މަންޒަރު އެ ސަފާރީގެ ސީސީޓީވީން ފެނިފައިވާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ..
.gif&w=3840&q=75)







