logoEN
WAMCO TOP 1
މިރޭ 10 ގެ ފަހުން ހިޔާގެ ދެ ފްލެޓަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ!

މިރޭ 10 ގެ ފަހުން ހިޔާގެ ދެ ފްލެޓަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ!

އަހުމަދު ޝުރާއު

logo

1/6/2025, 2:46:20 PM

# ހިޔާ ފްލެޓު

--

މިރޭ 10 ގެ ފަހުން ހިޔާ ދެ ފްލެޓަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.

THE TRAVELLER AD

އެމްޑަބްލިއުއެސްސީއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފޭސް 2 ގެ ފެނުގެ ވިޔުގައިގެ މެއިންޓެނެންސް މަސައްކަތަކެއް ކުރުމަށްޓަކައި ހިޔާ ފްލެޓު 3 އަދި 4 ގެ ހުރިހާ ފަންގިފިލާއަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އެގޮތުން ހިދުމަތް މެދުކެނޑިގެންދާނީ މިރޭގެ 22:30 އިން ފެށިގެން މެންދަމު 03:00 ގެ ނިޔަލަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC