
ބާހުބަލީ 2 ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ޕުޝްޕާ 2!
# އިންޑިއާ ސިނަމާ--
ބާހުބަލީ 2 ފަހަތަށް ޖައްސާލުމަށް ފަހު ބޮކްސް އޮފީހުގައި އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ޕުޝްޕާ 2 ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ގޮތުގައި ފާއިތުވި 7 އަހަރާއި 8 މަހާއި 3 ދުވަސް ވަންދެން އޮތް "ބާހުބަލީ 2" ފަހަތަށް ޖައްސާލައި އައްލޫ އަރުޖުންގެ "ޕުޝްޕާ 2" އެމަގާމު ހޯދީ އިންޑިއާގެ ބޮކްސް އޮފީހުގައި ބަހޫބަލީ 2 އަށް ލިބުނު އަދަދަށްވުރެ އިތުރަށް 6 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމުގެ ޖުމްލަ އާމްދަނީ ވަނީ 1,352 ކްރޯޑް ރުޕީސް އަށް އަރާފަ އެވެ.
2021 ވަނަ އަހަރު ޕުޝްޕާގެ ފުރަތަމަ ބައި ރިލީޒްކުރުމާއި އެކުވެސް "ބާހުބަލީ 2" ގެ ލަގަބު އެފިލްމުން އަތުލާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ކާމިޔާބުކުރެވޭ ގޮތް މިވީ ޕުޝްޕާ 2 އަށެވެ.
އިންޑިއާގެ ބޮކްސް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަހޫބަލީ 2 އަށް ބޮކްސް އޮފީހުގައި ލުބުނީ 1347 ކްރޯޑް ރުޕީސް އެވެ. ބަހޫބަލީ 2 ނެރުނީ 2017 ވަނަ އަހަރުއެވެ.