
--
މަޝްހޫރު ޓީވީ ސިލްސިލާ "އަނޫޕަމާ" ގެ ލީޑް ބަތަލާ ރުޕާލީ ގަންގޫލީ އެ ސިލްސިލާ ދޫކޮށްދާން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

އަނޫޕަމާގެ ރޯލުން މަޝްހޫރުކަން ހޯދާފައިވާ ގަންގޫލީ އަކީ އެ ޝޯ ފެށުނީއްސުރެ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރިއެކެވެ. މެދުއުމުރުގެ އަންހެނެއްގެ ރޯލުން ފެނިގެންދާ ރުޕާލީ އެ ޝޯގައި ދައްކުވައިދެނީ ކިތަންމެ ބައިވަރު އަޑިގުޑަންތަކާއި އެކުވެސް އަންހެނަކު ކުރަން އަޒުުމު ކަނޑައަޅާފި ކަމެއް ވާނެކަމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ޝޯގެ އަނޫޕަމާ ރޯލުން އޭނާ ފޭނުންނަށް އަލްވަދާއު ކިޔާނެއެވެ.
އިމޯޝަނަލް ވާހަކައެއްގެ މައްޗަށް ބިނާކޮށް ފެށި މި ޑްރާމާއިން ދާދި ފަހުން ވަނީ ގިނަ ބަދަލުތަކެއް ފެނިގެންގޮސްފައިއެވެ.
ޝޯގެ އެކި ހިސާބުން މުހިންމު ގިނަ ކާސްޓުންނެއް ވަނީ ބަދަލުވެފައި ނުވަތަ ވަކިވެފައިއެވެ. އެގޮތުން އެންމެ ފަހުން ފެނިގެންދިޔައީ އަލީޝާ ޕަރްވީން ޝޯއިން ވަކިވިތަނެވެ. އަދި އޭނާގެ ބަދަލަށް އަދްރިޖާ ރޯއީ ވަނީ ޝޯއަށް ތައާރަފްވެފައި އެވެ.
އަނޫޕަމާގެ ޕްރޮޑިއުސަރުން މިހާރު ވަނީ 15 އަހަރުގެ ލީޕެއް ސްޓޯރީލައިނަށް ތައާރަފުކޮށް، އާ ލީޑް ކެރެކްޓާތައް ކަމަށްވާ ޕްރޭމް (ޝިވަމް ޚަޖޫރިއާ) އާއި ރާހީ (އަދްރިޖާ ރޯއި) އަށް ފޯކަސް ބަދަލުކޮށްފަ އެވެ. މި ވާހަކައިން މިހާރު އެމީހުންގެ އުފަންވަމުން އަންނަ ލޯބީގެ ވާހަކަ ތައް ދައްކުވައިދޭއިރު، ރޫޕާލީގެ ސްކްރީން ޓައިމް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރުޕާލީ ވަކިވާން ނިންމާފައިވަނީ އާ ލީޑް ތަރިންގެ ލޯބީގެ ޓްރިއެންގަލްއެއް ގާއިމުކުރުމާ ގުޅިގެން ކަމަށް ބެލެވެ އެވެ. އެ ވާހަކަތަކަކީ ހަގީގަތެއް ނަމަ އޭނާ ވަކިވުމަކީ ޝޯއަށް ބޮޑު ޓާނިން ޕޮއިންޓަކަށް ވާނެ އެވެ. އަނޫޕަމާގެ ރޯލުން ރުޕާލީ ދެއްކި އެކްޓިން އަކީ ޝޯގެ ކާމިޔާބީގައި ވަރަށް މުހިއްމު ރޯލެއް ކުޅުނު ކަމެކެވެ. އެހެންކަމުން އޭނާގެ ވަކިވުން ވެގެންދާނީ ސިލްސިލާއަށާއި ޝޯގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައަކަށެވެ.
އާ ކެރެކްޓާތައް ތައާރަފްކުރުމުން ސްޓޯރީލައިނަށް ތާޒާކަމެއް ލިބުނު ނަމަވެސް ރުޕާލީ ގެ ވަކިވުމަކީ ފުއްދަން އުނދަގޫ ހުސްކަމެކެވެ.
ޝޯގެ ފޭނުން މިހާރު އިންތިޒާރު ކުރަމުން ދާނީ ރުޕާލީ ވަކިވާކަން ރަސްމީކޮށް އިއުލާނުކުރާނެ ދުވަހަކަށެވެ. އަދި އެ ޓްރާންސިޝަން ޝޯއިން ފެނިގެންދާނީ ކިހިނެއްތޯ ބެލުމަށެވެ.
ފާއިތުވި ހަފުތާތަކުގައި މީގެ ކުރިން ޗާޓް ތަކުގެ އެއްވަނައިގައި އޮތް މި ޝޯއަށް އެރޭންކް ގެއްލިފައިވާއިރު، މި ހަފުތާގައި ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.
ގުޅުންހުރި
