![ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F382922_77f22f22-a_.jpg&w=3840&q=75)
ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި
# ރައީސް މުއިއްޒު--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ފޮނުއްވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާ އިޚުލާސްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކިއުބާގެ ރައީސާއި ބޮޑުވަޒީރު، ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި ގެންނެވި އިންޤިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެނިވަރސަރީ އޮފް ދަ ރިވޮލޫޝަން ގެ ގޮތުގައެވެ. ދިވެހިރާއްޖެ އާއި ކިއުބާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 29 ޖަނަވަރީ 1977 ގައެވެ.
ގުޅުންހުރި
![ކެންސަރު ބަލީގެ ދުވަހާއި ގުޅުވައި ރައީސް އިލްތިމާސްކުރެއްވީ ދުންފަތާއި ދުރުވާން!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2Flarge_172525136760fvk7.jpg&w=3840&q=75)
ކެންސަރު ބަލީގެ ދުވަހާއި ގުޅުވައި ރައީސް އިލްތިމާސްކުރެއްވީ ދުންފަތާއި ދުރުވާން!
![ރައީސް ޚާއްޞަ އިރުޝާދުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންޤިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައަޅަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2F391657_821717f7-1_.jpg&w=3840&q=75)
ރައީސް ޚާއްޞަ އިރުޝާދުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންޤިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައަޅަނީ
![ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ރައީސް އޮފީހުގައި ޚާއްސަ ސެކްޝަނެއް!](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2F3AF6B907-7D83-4954-B611-D967C4B4B114%202.webp&w=3840&q=75)
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ރައީސް އޮފީހުގައި ޚާއްސަ ސެކްޝަނެއް!
![ޓުއަރިޒަމާއި އެންވަޔަރަމެންޓު އެއްކޮށްލައި, ވަޒީރަކަށް ތޯރިގު އައްޔަނުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2F391477_2517be66-8_.jpg&w=3840&q=75)