logoEN
WAMCO TOP 1
"އިޓް އެންޑްސް ވިތު އަސް" ފިލްމުގެ ސީކުއެލްއެއް ފެންނާނެހެން ހީވޭތަ

"އިޓް އެންޑްސް ވިތު އަސް" ފިލްމުގެ ސީކުއެލްއެއް ފެންނާނެހެން ހީވޭތަ

ސާރާ އަހުމަދު

logo

1/1/2025, 10:31:48 AM

# ހޮލީވުޑް

--

2024 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އަދި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އެއް ފިލްމަކަށް "އިޓް އެންޑްސް ވިތް އަސް" ވާނެކަން ޔަގީނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 350 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މި ފިލްމަށް ލިބުނެވެ.

THE TRAVELLER AD

ނަމަވެސް މި ފިލްމުގެ ލީޑް އެކްޓަރުންނާ ގުޅިގެން މިހާރު ދެކެވޭ ވާހަކަތަކުގެ ސަބަބުން ސީކްއެލްއެއް ފެނިގެންދާނެތޯ ގިނަ ފޭނުން އަދިވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

"އިޓް އެންޑްސް ވިތު އަސް" އަކީ ނިއުޔޯކް ޓައިމްސްގެ ބެސްޓްސެލިން ލިޔުންތެރިޔާ ކޮލީން ހޫވާ 2016 ވަނަ އަހަރު ލިޔުނު އެ ނަމުގެ ނޮވެލްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގައި ކިޔައިދެނީ ލިލީ ބްލޫމް އާއި ކާމިޔާބު ނަމަވެސް އަނދިރި ފަރާތެއް ފެނިގެންދާ ނިއުރޯ ސާޖަންއެއް ކަމަށްވާ ރައިލް ކިންކެއިޑް ގެ ގުޅުމުގެ ވާހަކަ އެވެ.

ލީޑް އެކްޓްރެސް ބްލޭކް ޕްރޮޑިއުސް ކުރި މި ފިލްމު ޑައިރެކްކުރީ ލީޑް އެކްޓަރ ޖަސްޓިންއެވެ.

އިމޯޝަނަލް ނިންމުމެއް ފެނިގެންދާ މި ފިލްމުގެ ލީޑްތަރިންނަށް ދެން ވާނެ ގޮތަކާ މެދު ބެލުންތެރިން ތިބީ ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިފައިއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށްވެސް ސީކްއެލްއާ ބެހޭ ގޮތުން ރަސްމީކޮށް އިއުލާނެއް ކޮށްފައިއެއްނުވެއެވެ. ފިލްމުގެ ޑައިރެކްޓަރު އަދި ލީޑް އެކްޓަރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓީވީ އިންސައިޑާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އަދި ސީކުއަލްއަކާ މެދު ވިސްނާފައި ނުވާ ކަމަށެވެ.

ހޫވާގެ ނޮވެލް "އިޓް އެންޑްސް ވިތު އަސް" ގެ ސީކުއެލްއެއް ކަމަށްވާ "އިޓް ސްޓާޓްސް ވިތު އަސް" އަކީ ފުރަތަމަ ފޮތް ނެރުނުތާ ހަ އަހަރު ފަހުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޝާއިއުކުރި ފޮތެކެވެ. އެހެންކަމުން ފިލްމުގެ ވެސް ސީކުއެލްއެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

undefined

ނަމަވެސް މި ނިމުނު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖަސްޓިންއަށް ޖިންސީ ފުރައްސާރަ ކުރުމާއި އަބުރަށް އަރައިގަތް ކަމުގެ ތުހުމަތުތަކެއް ޕްރޮޑިއުސަރު-އެކްޓަރު ބްލޭކް ވަނީ ކޮށްފައިއެވެ. އެހެންވީމާ، ފްރެންޗައިޒްއެއް ފެނިގެންދިޔުން އަންދާޒާކުރަން އަދި މާ ފަސޭހައެއްނުވާނެއެވެ.

ކޮމެންޓް
ފަހުގެ
HDC