
ހިޔާ ފްލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ބަޔަކު ހައްޔަރުކޮށްފި
# ހިޔާ ފްލެޓު--
ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) އެވެ.
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އިމާރާތުގެ މައި ފެން ހޮޅިއަށް ގެއްލުންވެއްޖެ

ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އިމާރާތުގެ ބޭސްމެންޓުގައި ހުރި ސައިކަލުތައް ވީ އެންމެ އަވަހަކަށް ނެގުމަށް އެދެފި

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނަން ހުންނާނެ : އެޗްޑީސީ

.gif&w=3840&q=75)



