logoEN
Sto top
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ރާއްޖޭގެ ވޯޓާއި އެކު އދ އިން އިތުރު ގަރާރެއް ފާސްކޮށްފި

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ރާއްޖޭގެ ވޯޓާއި އެކު އދ އިން އިތުރު ގަރާރެއް ފާސްކޮށްފި

ސާރާ އަހުމަދު

logo

12/18/2024, 8:04:32 AM

# އދ. އާއްމު މަޖިލިސް

--

އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދޭ ގަރާރެއް އަނެއްކާވެސް ފާސްކޮށްފިއެވެ.

Wamco

އދ ގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުފައި މިގަރާރު ފާސްކުރުމަށް އދގެ މެމްބަރު 172 ގައުމުން ވޯޓު ދީފައިވާއިރު މިގަރާރާ ދެކޮޅަށް 7 ގައުމުން ވޯޓު ދީފައިވެއެވެ. އެއީ އިސްރާއީލުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިސްރާއީލަށް ހަތިޔާރާއި އެހިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ އެމެރިކާ އާއި މައިކްރޯނޭޝިޔާ، އާޖެންޓީނާ، ޕެރެގުއޭ، ނައޫރޫ އަދި ޕަޕާ ނިއު ގިނީންނެވެ.

ގަރާރު ފާސްކުރި ޖަލްސާއަށް އިކުއެޑޯރ، ލައިބީރިއާ، ޓޯގޯ، ޓޮންގާ، ޕެނަމާ، ޕަލާއު، ޓުވާލޫ އަދި ކިރިބަތީ އިން ހާޒިރެއް ނުވެއެވެ.

އިއްޔެ ފާސްކުރި މި ގަރާރުރުގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ކަންކަން އަމިއްލައަށް ނިންމުމަށް ބާރު ދިނުމަށް ބާރު އަޅައެވެ.

މިގަރާރަށް އާންމު މަޖިލީހުން އެދިގެން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ދިން ލަފާގައި ބުނެފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެންއޮތް އޮތުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށެވެ. އަދި އިސްތިއުމާރަށް ވަގުތުން ނިމުން ގެނައުމަށް ގޮވާލާފައި ވެއެވެ. އަދި ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އޮތުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގު ގެއްލިފައިވާ ކަމަށާއި، މިއީ އދގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ބުނެފައި ވެއެވެ.

މި ގަރާރަށް ފަލަސްތީނުގެ ސަރުކާރުން މަރުހަބާ ކިޔަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އދ ގެ އާންމު މަޖިލީހުން މިފަދަ ގަރާރެއް ފާސްކުރި މިވަގުތަކީ ފަލަސްތީނު ރައްޔިތުންގެ ނަސްލުނައްތާލަމުންދާ އަދި ލާއިންސާނީ ބޮޑެތި ޖަރީމާތަކާ ކުރިމަތިލަމުންދާ އަދި ހައްގުތަކަށް އަރައިގަންނަމުންދާ ވަގުތެއް ކަމަށެވެ. އަދި، އާންމު މަޖިލީހުގެ ގަރާރު ތަންފީޒުކުރުމަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ފަލަސްތީނު ސަރުކާރުން ވަނީ ގޮވާލާފައިއެވެ.

މިފަދަ ގަރާރެއް ފާސްކުރި އިރު އިސްރާއީލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުްނދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ އެމީހުންގެ ކަންކަން އަމިއްލަ ނިންމުމުގެ ހައްގު ގެއްލި، މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިފައެވެ.

އިއްޔެ ނެގުނު ވޯޓުގައި ދިވެހި ރާއްޖެއިންވެސް ވަނީ ބައިވެރިވެ ގަރާރާއި އެއްކޮަށް ވޯޓު ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside