logoEN
Sto top
"ގްރީނިންގ އެޑިޔުކޭޝަން" އާ ގުޅޭ މުހިންމު ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

"ގްރީނިންގ އެޑިޔުކޭޝަން" އާ ގުޅޭ މުހިންމު ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

12/16/2024, 7:41:25 AM

# އެޑިއުކޭޝަން މިނިސްޓްރީ

--

"ގްރީނިންގ އެޑިޔުކޭޝަން" އާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭ މުހިންމު ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސެސްކޯ) ގުޅިގެން ޢިމާދުއްދީން ސްކޫލުގައި ކުރިއަށްގެދިޔަ މި ވޯކްޝޮޕްގައި ސްކޫލުތަކުގެ އިސްވެރީންނާއި މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިސެސްކޯގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން ދަނީ އައިސެސްކޯގެ ގްރީން އެޑިޔުކޭޝަން ފްރޭމްވޯކްގައި ޔުނެސްކޯގެ ލަނޑުދަނޑިތަކާ އެއްގޮތަށް، ތައުލީމީ ނިޒާމުގެ ތެރެއަށް ދެމެހެއްޓެނިވި އާދަތައް އެކުލަވާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ. މިގޮތުން، އުނގަންނައިދިނުމުގައި ތިމާވެށްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމާއި، ސްކޫލު މާޙައުލުގައި ޙަރަކާތްތެރިވާ ފަރާތްތައް އަދި މުޅި މުޖުތަމައުއަށް ތިމާވެށްޓާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީ، ތިމާވެށި ރައްކާތެރިކުރުމާމެދު ޒިންމާދާރުކުރުވުން ހިމެނެއެވެ. އަދި ސްކޫލުގައި ކިޔަވައިދޭ މާއްދާތައް ވަނީ ތިމާވެށީގެ ޚާއްޞަ މަފްހޫމުތަކާއި މަޢުލޫމާތުތައް ހިމެނޭނެ ގޮތަށް ބައްޓަންކުރެވިފައިވެއެވެ.

މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވީ އައިސެސްކޯގެ އެޑިޔުކޭޝަން ސެކްޓަރ ހެޑް ޑރ. ހަދީ ޖަތައު ސޭ އަދި އައިސެސްކޯގެ އެޑިޔުކޭޝަން އެކްސްޕާޓް ވަގަސް ނާސިރު އަފްރިދީ އެވެ. މި ވޯކްޝޮޕްގައި ދެމެހެއްޓެނިވި ލަނޑުދަނޑި 4 ހާސިލުކުރުމުގައި ގްރީން އެޑިޔުކޭޝަންގެ މުހިންމުކަމާއި، ސްކޫލުގައި ހިންގޭ އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ތިމާވެއްޓަށް ހިތްޖައްސުވައި، ލޯބި އުފެއްދުމުގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރީން ޒިންމާދާރުކުރުވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، ހިޔާލު ބަދަލުކުރެވުނެވެ. އަދި ސްކޫލުތަކުގައި ފެހި މަދަރުސާގެ ދަށުން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside