logoEN
WAMCO TOP 1
ކޮޅުފުށީގައި ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވައިފި

ކޮޅުފުށީގައި ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވައިފި

އަހުމަދު ޝުރާއު

logo

12/13/2024, 11:36:28 AM

# މ. ކޮޅުފުށި

--

މުލަކަތޮޅު ކޮޅުފުށީގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފިއެވެ.

THE TRAVELLER AD

މި ޓްރެކް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން އެވެ. މި ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ އިއްޔެ ހެނދުނުއެވެ.

މި އައު ލައިސަންސް ޓްރެކް ހުޅުވުމާއެކު، މުލަކަތޮޅު ކޮޅުފުށިން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މިއީ އަތޮޅުތެރޭގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ޓީމެއް ވަނީ މ.ކޮޅުފުއްޓަށް ގޮސްފައެވެ. މި ޓީމުގައި ހިމެނެނީ މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން ވިދާޅުވީ، މި ޚިދުމަތް ފެށުމުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މާލެއަށް ދަތުރުކޮށް، ވަގުތާއި ޚަރަދު ކުރުމަކާ ނުލައި ލައިސަންސް ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC