
--
އަންނަ އަހަރުގެ ރަމަޟާން މަހު ބަންގި މުބާރާތެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

އެވުޒާރާއިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ "ނޫރުލް އަޛާން 1446 ގެ ނަމުގައި ބާއްވާ މި ބަންގި މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.
އެގޮތުން މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައި އެވެ. މި މުބާރާތުގެ އޮޑިޝަން ކުރިއަށްދާނީ 15 ޖެނުއަރީ 2025 ން 30 ޖެނުއަރީ 2025 ގެ ނިޔަލަށެވެ. މި އޮޑިޝަންގައި ބައިވެރިވެވޭނީ އުމުރުން 14 އަހަރު ފުރި 21 އަހަރު ނުވާ ފަރާތްތަކަށް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ނޫރުލް އަޛާން 1446 ގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ނޫރުލް އަޛާން 1446 ގައި ބައިވެރިވުމުގެ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެވުޒާރާއިން ވަނީ އެދިފައި އެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 2024 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް މިފަދަ ދީނީ އިތުރު މުބާރާތްތަށްވެސް ކުރިޔަށް ގެންދިޔުމަށް އެވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.
ގުޅުންހުރި

ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ!

ނުފުރި ތިބި 164 ޢުމްރާވެރިންނަށް އުމްރާއަށް ފުރޭގޮތް ސަރުކާރުން ހަމަޖައްސައިދީފި

އަލަށް ހުޅުވި މިސްކިތްތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފްތައް ފޯރުކޮށްދީފި

.gif&w=3840&q=75)



