
--
ކ. ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަން ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މި ނޮވެމްބަރު މަހުން ފެށިގެން ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް މި ވޭތުވެދިޔަ ތިން ދުވަހު އެއްވެސް ކެސްއެއް ފެނިފައި ނުވާ ކަމަށެވެ. މިހާތަނަށް އެ ރަށުން ފެނިފައިވަނީ ފާނަބަސަންދުގެ ޖުމުލަ 22 ކޭހެވެ.
ފާނަބަސަންދު ޖެހިގެން ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދިން ނަމަަވެސް، އެ ދެމީހުން މިިހާރު ވަނީ ދޫކޮށްލާފައެވެ. އަދި މިވަގުތު ސީރިއަސް ވެގެން ފަރުވާދެމުންދާ މީހަކު ނެތްކަން މިނިސްޓްރީން ވަނީ ހާމަކޮަށްފައެވެ.
ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމުން ހިމެނެއެވެ. މީގެ އިތުރުން އާއްމުންނާއި ، ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ބައްޔާއި ގުޅޭ މައުލޫމާތު ދިނުމުގެ ޙަރަކާތްތައް ވެސް ހެލްތު މިނިސްޓްރީން ވަނީ އެރަށުގައި ކުރިޔަށް ގެންގޮސްފައި އެވެ,
އެޗްޕީއޭ ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރެއެވެ.
ފާނަބަސަންދު އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އަދި މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް، ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ. މި ބަލިޖެހުމުން ފެންނާނެ އާންމު އަލާމާތްތަކަކީ ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން، ހަމުގައި ބިހިތަކެއް ނެގުމެވެ. މި ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެކެވެ، އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާގައި ފެންބިހިގޮތައް ހުންނަ ބިހި ނަގަންފަށައެވެ.
ގުޅުންހުރި

ގުޅި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ގުޅި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ގުޅީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި





