
-
ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ގައުމިއްޔަތާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ މި ޚިދުމަތުގެ ގޭންގު ކްރައިމް އެންފޯސްމަންޓާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި މައުލޫމާތުދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަޙުރުއްޛިޔާދެވެ
މި ސެޝަނުގައި، ގައުމިއްޔަތަކީ ކޮބައިކަމާއި ގައުމިއްޔަތު ދިރުވައި އާލާކުރަންޖެހޭ ސަބަބާއި ގައުމިއްޔަތުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސަބަބުން، އަންނަން އޮތް ޖީލަށް ކުރާނެ ފައިދާތަކާއި މިއަދުގެ ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި ދިރުވައި ގައުމިއްޔަތު ދެމެހެއްޓޭނެ ގޮތްތަކުގެ މައުލޫމާތުގެ އިތުރުން މައުލޫއާ ގުޅުންހުރި އެހެނިހެން މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
ސަރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި، ގޭންގު ކްރައިމް އެންފޯސްމަންޓާއި ޑްރަގް އެންފޯސްމަންޓުގެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.