logoEN
WAMCO TOP 1
ތިން ކުއްޖަކު ބޯންމެރޯ ފަރުވާ ފުރިހަމަކޮށްފި

ތިން ކުއްޖަކު ބޯންމެރޯ ފަރުވާ ފުރިހަމަކޮށްފި

އަލްފާ އަލީ

logo

10/26/2024, 6:52:09 AM

# ބޯންމެރޯ

-

މިއަހަރު ބޯންމެރޯ ފަރުވާއަށް ފޮނުވި 3 ކުދިންގެ ބޯންމެރޯ ފަރުވާ މުޅިން ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އިން ބުނެފި އެވެ.

THE TRAVELLER AD

ޕީއެސްއެމްގެ ޕްރޮގަރާމެއްގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯހެދުމަށް މިއަހަރަށް ކަނޑައެޅި ހުރިހާ ކުދިން ފަރުވާއަށް ގޮސްފައިވާކަމަށެވެ.

މިއަހަރު އެކި ދުވަސްވަރުގެ މަތިން 14 ކުއްޖަކު ބޯންމެރޯ ފަރުވާއަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ދެ ކުއްޖަކު ފަރުވާ ފުރިހަމަކޮށް އެނބުރި ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އިތުރު ކުއްޖަކު ކުރިއަށް އޮތް ދެ ހަފްތާ ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯންމެރޯ ހެދުމަށް މި އަހަރު ފޮނުވި ކުދިންގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައިވެ އެވެ.

އުމަރު ވިދާޅުވީ މިހާރު ފަރުވާގައި ތިބި 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށް ފަހު އިތުރު ފަރުވާ ފުރިހަމަކުރަމުން އަންނަ ކަމަށެވެ.

ބޯންމެރޯ އަށް ހަދަން ހިލޭ ފަރުވާ އަށް ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް 10 ކުއްޖަކު ފަރުވާ އަށް ފޮނުވަން ނިންމައިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC