logoEN
cocacola
ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި ހޯދައިފި

ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި ހޯދައިފި

އަހުމަދު ޝުރާއު

logo

10/21/2024, 3:47:26 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި ހޯދައިފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ބުނީ ގއ. އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ