logoEN
cocacola
ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

10/21/2024, 3:42:32 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

އިސްްލާމީ އިގުތިސާދު ކުރިއެރުވުމަށް ޓަކައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޒަކާތު ހައުސްގެ އިސް ބޭފުޅުން މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެެއިންނެވެ. އަދި މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚު އިއްޒުއްދީން ޢަދްނާނެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އިސްްލާމީ އިޤުތިޞާދު ކުރިއެރުވުމަށް ޓަކައި ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން ޒަކާތު ހައުސްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ޒަމާނީ ހިދުމަތްތަކެއް ދިނުމަށްޓަކައި އިންސިފްގެ ތަޖުރިބާއާއި އެއްބާރުލުމުގެ އިތުރުން ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ޒަކާތުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ