logoEN
cocacola
ރާއްޖޭގެ ގިނަ އަތޮޅުތަކެއް ރީނދޫ ސަމާލުގައި!

ރާއްޖޭގެ ގިނަ އަތޮޅުތަކެއް ރީނދޫ ސަމާލުގައި!

އަހުމަދު ޝުރާއު

logo

10/9/2024, 5:58:21 PM

# މޫސުން

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ, ހއ. އަތޮޅުން މ އަތޮޅަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ މިރޭގެ ހެނދުނު 21:30 އިން ފެށިގެން ދަންވަރު 01:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ, މި މުއްދަތުގައި މި ސަރަހައްދަށް ވައިގަދަވެ ކަނޑުރައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއިން މިހާރު ކުޔަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ފާއިތުވި 4 ދުވަހުވެސް ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ