logoEN
cocacola
ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފި

ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފި

އަހުމަދު ޝުރާއު

logo

10/8/2024, 10:04:03 AM

# ޔޫތު މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރާ ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފިއެވެ.

ގޮސިޔާ

މި ޑިޖިޓަލައިޒް ނިޒާމަކީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތާ، ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފައްޓަވާފައިވާ މަސައްކަތެކެވެ.

"ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް" އިފްތިތާޙުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ދަ ނެޝަނަލް އަރކައިވްސް އޮފް މޯލްޑިވްސް މުހައްމަދު އާމިރު އަހްމަދުއެވެ.

އޯއޭއައިއެސް ކްލައުޑް އާއި ޖިއާރެޓާ އެސޯސިއޭޓްސް އަދި ދިވެހިރާއްޖޭގެ ގައުމީ އަރުޝީފްގެ މި ޕާޓްނަޝިޕްގެ ސަބަބުން ނަމްސްގެ ޑިޖިޓަލް ރެކޯޑްތައް ރައްކާތެރިކުރުމުގެ ގާބިލްކަން އިތުރުވެގެން ދިއުމާއި އެކު ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ދައުލަތްތަކަށް ޑިޖިޓަލް ރައްކާތެރިކުރުމުގެ ފުޅާ ޢިލްމާއި ތަޖުރިބާ ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންނާނެ ކަމަށެވެ.

މިނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫންކަމަށާއި، މިއީ ދުނިޔެއަށް ދިވެހިރާއްޖެ ބުނެދޭނެ މަސައްކަތަކަށް ވެގެންދާނެ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްވެސް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ