logoEN
cocacola
ރާއްޖޭގެ ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

ރާއްޖޭގެ ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

10/6/2024, 12:31:21 PM

# މޫސުން

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާއިހަމައަށެވެ. އެގޮތުން މި ސަމާޅު ނެރެފައިވަނީ 15:00 އިން ދަންވަރު 19:45 ގެ ނިޔަލަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި މިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިޔަށް އޮތް 5 ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ