
އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ޤާއިމްވެފައި އޮތްކަމީ ޝުކުރުވެރިވާން ޖެހޭ ކަމެއް - ޝަހީމް
# ޑރ ޝަހީމް އަލީ ސައީދު--
އިސްލާމްދީނާއި، އިސްލާމީ ޙަޟާރަތު ކުރިއަރުވާނެ ސަރުކާރެއް މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮތްކަމީ ޝުކުރުވެރިވާން ޖެހޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ހިތާމަކުރަންޖެހޭ ފަދަ ޙާލަތެއްގައި ކަމަށާއި، ދީނަށް ނަޞްރު ދޭނެ ސަރުކާރެއް ޤާއިމްވެފައި އޮތްކަމީ ލިބިފައިވާ ނިޢުމަތެއްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ނުވަސަތޭކަ އަހަރު ވަންދެން އިސްލާމީ ޙަޟާރަތު ރާއްޖޭގައި ދެމިގެން އައީ އެކި ޒަމާންތަކުގައި އެކި ވެރީން ކުރެއްވި މަސައްކަތްޕުޅު ތަކުންކަމަށާއި މި ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް މިއޮތް ޤަރުނަށް އިސްލާމީ އަޤީދާއާއެކު ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ މަސައްކަތްތަކެއްކަމަށެވެ.
މިއަދުގެ ޖަލްސާގައި ވަނީ އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކުރައްވައިގެން ސަނަދު ހާސިލުކުރެއްވި 28 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވާފައި އެވެ.
ގުޅުންހުރި

ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ، ތަޤުރީރު ކުރައްވާނީ ވަޒީރު ޝަހީމް!

ރަމަޟާން މަހަށް އިސްތިޤުބާލުކުރުމަށް މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން!

މިނިސްޓަރު ޝަހީމް ސައުދީގެ ހައްޖުގެ ކަންކަމާއި ގުޅޭ މިނިސްޓަރާއި ބައްދަލުކުރައްވައިފި
