logoEN
cocacola
ޔަމަނަށް މިއަދު ހަމަލާދިނީ އެމެރިކާއިން, 15 ތަނަކަށް ހަމަލާދިން!

ޔަމަނަށް މިއަދު ހަމަލާދިނީ އެމެރިކާއިން, 15 ތަނަކަށް ހަމަލާދިން!

އަހުމަދު ޝުރާއު

logo

10/4/2024, 6:50:39 PM

# ޔަމަން

ހޫތީންގެ ކޮންޓްރޯލް އޮތް ޔަމަނުގެ ބައެއް ސަރަހައްދުތަކަށް މިއަދު ހަމަލާތައް ދިނީ އެެމެރިކާ އަސްކަރިއްޔާއިން ކަން ހާމަކޮށްފި އެވެ.

ގޮސިޔާ

ހޫޘީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ވާ ޔަމަނުގެ ސަރަޙައްދުތަކަށް އެމެރިކާ ސިފައިން ހުކުރު ދުވަހު 15 އަމާޒަކަށް ޙަމަލާދީފައިވާކަން ހާމަކޮށްފައިވަނީ މިއަދު އެމެރިކާ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.

"އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ސިފައިން މިއަދު ވަނީ އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި ވާ 15 އަމާޒަކަށް ހަމަލާދީފައި،" މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ޒިންމާ އަދާކުރާ އަސްކަރީ ކޮމާންޑުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ނަމަވެސް މި ހަމަލާގައި ހޫތީންނަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެެ.

ހޫތީންގެ ނޫހެއް ކަމަށްވާ އަލް މަސީރާ ޓީވީ ނެޓްވޯކުން ބުނި ގޮތުގައި ސަނާއަށް އަމާޒުކޮށް ހަތަރު ހަމަލާއެއް ދީފައިވާއިރު ހަތް ހަމަލާއެއް ހުދައިދާއަށް ވަނީ އަމާޒުވެފަ އެވެ. އޭއެފްޕީ ނިއުސް އެޖެންސީގެ ކޮރެސްޕޮންޑެންޓުން ވެސް ވަނީ އެ ދެ ސިޓީގައި ބާރު ގަދަ ގޮވުންތަކެއް އިވިފައިވާ ކަމަށް ބުނެފަ އެވެ.

އަލް މަސީރާ އިން އިތުރަށް ރިޕޯޓުކޮށްފައިވާގޮތުގައި ހޫތީންގެ ބާރުގެ ދަށުގައި ވާ އަސްކަރީ މަރުކަޒެއް އޮންނަ އެއާޕޯޓާއި ކަތީބު ސަރަހައްދަށް ހުދައިދާގެ ހަމަލާތައް އަމާޒުވި ކަމަށެވެ.

ހޫތީ މީޑިއާ އޮފީހުން ބުނީ ދަމާރު ޕްރޮވިންސަށް އެއް ހަމަލާއެއް ދީފައިވާއިރު ސަނާގެ އިރު ދެކުނުގައި އޮންނަ ބައިދާ ޕްރޮވިންސަށް ވެސް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ