logoEN
cocacola
ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

# ފުލުހުން

-

ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް މިއަދުގެ ފަތިހުގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.

އައިޖީއެމްއެޗް އަށް ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވި މީހާއަކީ ވިލިމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސް ގެ މުވައްޒަފެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައިނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ