logoEN
cocacola
ފަހި ފުރުސަތުތަކެއް ބޭނުންވެފައި ތިބި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްތައް އެބަ ކުރެވޭ - އަސްވާޑު

ފަހި ފުރުސަތުތަކެއް ބޭނުންވެފައި ތިބި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްތައް އެބަ ކުރެވޭ - އަސްވާޑު

އަހުމަދު ޝުރާއު

logo

9/24/2024, 8:46:14 AM

# ޔޫތު މިނިސްޓްރީ

--

ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރ މިފަދައިން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ "ދިވެހިންގެ އަޑު ދުނިޔެއަށް" ކަވެރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޒުވާނުންގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ފަންނީއްޔާތުގެ ދައިރާއަށް ޝައުގުވެރިވާ ޒުވާނުން ހޯދައި އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.

މިގޮތުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފަހި ފުރުސަތުތަކެއް ބޭނުންވެފައި ތިބި ޒުވާނުންނަށް ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޒުވާނުން ފުރުސަތުތައް ހޯދައިދެއްވުމުގެ ގޮތުން ފަންނުވެރިންނަށް ހާއްސަ ލޯންތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ރޭވި ކުރިއަށްދާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ