logoEN
WAMCO TOP 1
ލަންކާގެ އައު ރައީސް އަނޫރާ ދެއްވީ ރާއްޖެ އެކު އޮތް ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަން!

ލަންކާގެ އައު ރައީސް އަނޫރާ ދެއްވީ ރާއްޖެ އެކު އޮތް ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަން!

އަހުމަދު ޝުރާއު

logo

9/23/2024, 10:15:16 AM

# ރައީސް މުއިއްޒު# ރާއްޖެ - ލަންކާ# ރައީސް އަނޫރާ

--

ދިވެހިރާއްޖެ އާއި ލަންކާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސަޔަނަކަ ދެއްވައިފި އެވެ.

THE TRAVELLER AD

އަނޫރާ މިކަން ހާމަކުރެއްވީ އެމަނިކުފާނު ރައީސްކަމަށް އިންތިހާބު ވުމާއި ގުޅިގެން ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވި މަރުހަބާގެ މެސެޖު ރިޕޯސްޓު ކުރައްވައި ލިޔުއްވި މެސެޖެއްގައި އެވެ.

އުމުރުން 55 އަހަރުގެ ކުމާރާ ޑިސަޔަނަކެ ހޯއްދެވި ކާމިޔާބީއާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އޭނާ އަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުމާރަ ޑިސަޔަނަކެ އާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިވާކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ޕޯސްޓު ރިޕޯސްޓު ކުރައްވައި ރައީސް އަނޫރާ ވަނީ ހެޔޮއެދުން ފޮނުއްވި ކަމަށްޓަކައި ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައި އެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، މި ސަރަޙައްދުގައި ދެޤައުމުގެ އެއްބާރުލުން ހޯދުމަށް އެކީގައި މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެެކަމާއި މެދު އުފާކުރައްވާ ކަމަށް އަނޫރާ ވިދާޅުވިއެވެ.

View post on Twitter

އުމުރުން 55 އަހަރުގެ އަނޫރާ ޑިސަޔަނަކެ ލަންކާގައި އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ އިންތިހާބުގެ ފުރަތަމަ ގުނުމުގައި 42.3 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ލީޑަރު ތަޖިތު ވިކްރަމަސިންހަ އަށް ލިބިވަޑައިގެންނެވީ32.7 އިންސައްތަ ވޯޓެވެ. މި އިންތިހާބު ނަތީޖާ ކަނޑައަޅާފައިވަނީ ފުރަތަމަ ގުނުމުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިފައި ނުވާތީ, ދެވަނަ ގުނުމަކަށް ފަހު އެވެ. ނުވަތަ ޕްރިފަރެންސް ވޯޓު ގުނުމަށް ފަހު އެވެ.

އިންތިހާބަށް ފަހު މިއަދު އަނޫރާ ވަނީ ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC