logoEN
cocacola
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކަނޑުހުޅުދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކަނޑުހުޅުދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

9/18/2024, 5:33:44 PM

# އެމްއެންޑީއެފް

--

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގއ.ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގެ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ގޮސިޔާ

ސެޕްޓެންބަރު 12 އިން ފެށިގެން އޮކްޓޫބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އެ ރަށުގެ 26 ކަނބަލުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ