.webp&w=3840&q=75)
ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ޤުރުއާން ކިޔަވާއިރު ކުރުކޮށް ކިޔެވުމަށް އިލްތިމާސްކޮށްފި
# ޑރ ޝަހީމް އަލީ ސައީދު--
ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ޤުރުއާން ކިޔަވާއިރު ކުރުކޮށް ކިޔެވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފި އެވެ.

ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ޝަކުވާ އަންނަމުންދާ ކަމަށެވެ.
އެގޮތުން މި ފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށާއި ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން ވިއްސާރަވާ އިރު ވިއްސާރައިގަ އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިޤުހުވެރިކަމުގެތެރެއިންވާކަމެއް ކަމަށެވެ.
ގުޅުންހުރި

ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ، ތަޤުރީރު ކުރައްވާނީ ވަޒީރު ޝަހީމް!

ރަމަޟާން މަހަށް އިސްތިޤުބާލުކުރުމަށް މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން!

މިނިސްޓަރު ޝަހީމް ސައުދީގެ ހައްޖުގެ ކަންކަމާއި ގުޅޭ މިނިސްޓަރާއި ބައްދަލުކުރައްވައިފި
