logoEN
Sto top
ސަރުކާރު ބަންދަސް އާދީއްތާގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ!

ސަރުކާރު ބަންދަސް އާދީއްތާގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ!

އަހުމަދު ޝުރާއު

logo

9/12/2024, 1:31:26 PM

# ދިވެހި ޕާސްޕޯޓު

--

އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީ ނަމަވެސް, ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

Wamco

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާދަމާ (15 ސެޕްޓެމްބަރު 2024 ވާ އާދީއްތަ) އަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ވީނަމަވެސް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ގަޑިތަކާއި އެއްގޮތަށް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުޅަހެޅޭނެ ކަމަށާއި އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކިއުބީ މެދުވެރިކޮށް، ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކުރިއަށް ދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

View post on Twitter

އަންނަ އާދީއްތަ ދުވަހު ސަރުކާރު ބަންދު ކޮށްފައި ވަނީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC