logoEN
cocacola

އެޗްއެމްއެޗް އާއި އެމްސީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލް (އެޗްއެމްއެޗް) އާއި މާލެ ސިޓީ ކައުންސިލް (އެމްސީސީ) ވާދަކުރި މެޗު 09-17 ގެ ނަތީޖާއަކުން އެޗްއެމްއެޗް ކާމިޔާބުކޮށްފައެވެ.

ގޮސިޔާ

މުބާރާތުގައި އެޗްއެމްއެޗް ކުޅުނު ފުރަތަމަ މެޗުގައި ޓީމު ޖުޑިޝަރީ އަތުން 18-08 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ސީއެޗްޑީސީ އަތުން އެޓީމު ބަލިވީ 09-29 ގެ ނަތީޖާއަކުންނެވެ. އަދި އެމްސީސީގެ ފުރަތަމަ މެޗުގައި 07-14 ގެ ނަތީޖާއަކުން އެސްއެސްއާރު އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ޓީމު ޖުޑިޝަރީ އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 10-14 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ސީއެޗްޑީސީ އަތުން ބަލިވެފައި ވަނީ 12-28 ގެ ނަތީޖައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 8-6 ގެ ނަތީޖާއަކުން އެޗްއެމްއެޗް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޗްއެމްއެޗް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި އެމްސީސީއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްއެމްއެޗްގެ މަރިޔަމް ސަނާ އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން އެޗްއެމްއެޗްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެމްސީސީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި އެމްއެންޑީއެފް އޮތްއިރު، މިމެޗުން ބަލިވި އާސަންދަ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ އެޓީމުން މުބާރާތް ނިންމާލީ ގުރޫޕް ފުލުގައި އޮވެއެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ