ރަޝިޔާއިން ޖާސޫސް ކުރަން ބޭނުންކުރާކަމަށް ބުނާ ވޭލެއް މަރާލި ކަމަށް ތުހުމަތުކޮށްފި
އަހުމަދު ޝުރާއު
9/5/2024, 9:27:35 AM
--
ނޯވޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ބެލޫގާ ވޭލެއް ބަޑިޖަހައި މަރާލާފައިވާ ކަމަށް ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެފި އެވެ.
ނޯއާ އާއި ވަންވޭލް ޖަމިއްޔާއިން ބުނީ އެ ޖަނަވާރުގެ މަރުގެ ޖިނާއީ ތަހުގީގެއް ފެށުމަށް އެދި ނޯވޭގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ވޭލްއަކީ ޖާސޫސެއްގެ ގޮތުގައި ރަޝިއާއިން ތަމްރީނުކޮށްފައިވާ ޖަނަވާރެއް ކަމަށް ނޯވޭގެ ކަމާބެހޭ ފަރާތްތަކުން ޝައްކުކުރަމުން ދިޔަ ވޭލެކެވެ.
ހަވަލްޑިމިރުގެ ނަމުން ނަން ދީފައިވާ ބެލޫގާ މަޝްހޫރުވީ 2019 ވަނަ އަހަރު ކެމެރާއަކަށް މައުންޓްތަކާއެކު ހާއްސަކޮށް ހަރުކޮށްފައިވާ ހާނެސްއެއް އަޅައިގެން މޫދުގައި ފެނުމުން އެ ޖަނަވާރަކީ އިންޓެލިޖެންސް އެއްކުރުމަށް ރަޝިއާގެ އަސްކަރިއްޔާއިން ތަމްރީނުކޮށްފައިވާ ޖަނަވާރެއް ކަމަށް ބެލެވޭތީ އެވެ.
ހަވަލްޑިމިރު މަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހު އެ ގައުމުގެ ހުޅަނގު ދެކުނު އައްސޭރިފަށުގެ ބޭއެއްގެ ތެރޭގަ އެވެ. ހަވަލްޑިމިރުގެ އޮޓޮޕްސީ ހެދުމަށް ނޯވޭގެ ވެޓެރިނަރީ އިންސްޓިޓިއުޓްގެ ލޯކަލް ބްރާންޗަކަށް ގެންގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އިންސްޓިޓިއުޓްގެ ތަރުޖަމާނަކު ވިދާޅުވީ ހަވަލްޑިމިރުގެ މަރުގެ ރިޕޯޓެއް "ތިން ހަފުތާގެ ތެރޭގައި" ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ނޯއާ އާއި ވަންވޭލް އިން ވަނީ "ހަވަލްޑިމިރު މަރުވީ ބަޑީގެ ޒަހަމްތަކަކުން ކަމަށް ބުނާ މަޖުބޫރު ހެކިތަކުގެ މައްޗަށް ބިނާކޮށް" ޖިނާއީ ތަހުގީގެއް ފަށަން ގޮވާލައިފަ އެވެ.