logoEN
cocacola
މިނިސްޓަރު ޒަމީރު އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލާއި ބައްދަލުކުރައްވައިފި

މިނިސްޓަރު ޒަމީރު އަބޫދާބީ ފަންޑުގެ ޑިރެކްޓަރ ޖެނެރަލާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

9/3/2024, 2:27:16 PM

# ފޮރިން މިނިސްޓްރީ

--

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު ޒަމީރު ޔުއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ހުންނަ ދިވެހި އެމްބަސީގައި އެވެ.

މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުވުމަކީ އަބަދުވެސް ލިބިވަޑައިގަންވާ އުފަލެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި އޭޑީއެފްޑީގެ ދީލަތި އެހީގެ ދަށުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އޭޑީއެފްޑީ އިން މަމުންދާ އަގުހުރި އެހީތަކާއި ހިދުމަތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރެއްވި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރުގެ ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫ.އޭ.އީ. ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ